ކިއުބާ
Republic of Cuba | |
---|---|
ވެރިރަށް and largest city | Havana |
ރަސްމީ ބަސްތައް | Spanish |
ނަސްލު ގުރޫޕުތައް | 65.05% European (Spanish, others), 10.08% African (Igbo, other), 23.84% Mulatto and Mestizo[3] |
ޑިމޮނިމް | Cuban |
ސަރުކާރު | One-party socialist republic[4] (Communist state) |
Raúl Castro | |
• First Vice President | J. R. M. Ventura |
Independence from Spain | |
• Declared | October 10, 1868 |
• Republic declared | May 20, 1902 from United States |
January 1, 1959 | |
ސަރަޙައްދު | |
• Total | 110,861 km2 (42,804 sq mi) (105th) |
• Water (%) | negligible |
އާބާދީ | |
• 2008 estimate | 11,451,652 (July 2009 est.)[5] (73rd) |
• 2002 census | 11,177,743 |
• Density | 102/km2 (264.2/sq mi) (97th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $108.2 billion[5] (64th) |
• ބޮލަކަށް ޖެހެނީ | $9,500 (107th) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $55.18 billion[5] (70th) |
• ބޮލަކަށް ޖެހެނީ | $4819 (calculated) (86th) |
އެޗްޑީއައި (2007) | 0.863[6] Error: Invalid HDI value (51st) |
ފައިސާ | Cuban peso(CUP )Cuban convertible peso[7] (CUC) |
ޓައިމް ޒޯން | ޔޫޓީސީ-5 |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ-4 ((March 11 to November 4)) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +53 |
އައިއެސްއޯ 3166 ކޯޑް | CU |
އިންޓަރނެޓް ޓީއެލްޑީ | .cu |
ކިޔުބާއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގައި ހިމެނެނީ ކިޔުބާ ދީބުގެ އިތުރުން އިސްލާ ދެ ލާ ހުވެންތޫދުގެ އިތުރުން އެހެނިހެން ބައެއް ރަށްރަށެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ކިޔުބާގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކިޔުބަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހަވާނާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ވަންޕާޓީ ސޯޝަލިސްޓް ރިޕަބްލިކެކެވެ. ކޮމިއުނިސްޓް ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 75 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cu. އެވެ. ކޯލިން ކޯޑަކީ +53 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކިޔުބަން ޕެސޯއެވެ.
ނަން
[އުނިއިތުރު ގެންނަވާ]ކިޔުބާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކިޔުބާއެވެ. ކިޔުބާގެ ނަން ނެގިފައިވަނީ ޓައިނޯ ބަހުންނެވެ. އެހެން ނަމަވެސް މި ބަހުގެ މާނައާ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އަނެއްް ބަޔަކު ބުނާ ގޮތުގައި އެ ރަށަށް ނަން ދެވިފައިވަނީ ޕޯޗުގަލްގައި އޮންނަ ކިޔުބާ ނަމަކަށް ކިޔާ ރަށަށް ނިސްބަތްކޮށެވެ. ބައެއް މީހުން ބުނާ ގޮތުގައި ކިޔުބާގެ މާނައަކީ “ރަނގަޅު ނުވަތަ މަތިވެރި ރަށެވެ.”
ތާރީޚު
[އުނިއިތުރު ގެންނަވާ]ކިޔުބާގެ ފުރަތަމަ ވަޒަންވެރީންނަކީ އަރަވާކުންނާއި ޓައިނޯ އަދި ޗިބޮނީއިންނެވެ. ޓައިނޯއިންނަކީ ދަނޑުވެރިކަން ކޮށް އުޅުނު ބައެކެވެ. ޗިބޮނީންނަކީ ދަނޑުވެރިކަމާއި ޝިކާރަވެރިކަމާ ކޮށް އުޅުނު ބައެކެވެ. ލޮއިގެ ވިޔަފާރިއަކީ ކިޔުބާގެ ތާރީޚުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއްޗެކެވެ. މީލާދީން 1492 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކްރިސްޓަފަރ ކޮލަންބަސް މިހާރުގެ ބަރަކޯއާ ކައިރިއަށް ފޭބިއެވެ. އަދި މިތަނަކީ ސްޕޭނުގެ ރަސްކަމުގެ ބާރު ހިނގާނޭ ތަނެއް ކަމުގައި ހަމަޖެހިގެން ދިޔައެވެ. މި ތަނުގެ ނަމަކަށް ކޮލަންބަސް ހަމަޖެއްސެވީ ހުވާނާއެވެ. އެއީ ސްޕެއިނުގެ ޕްރިންސް ހުވާންގެ ނަންފުޅަށް ނިސްބަތްކޮށެވެ. މިއާއެކު އިތުރު ޓައުންތައް ދިޔައީ ޤާއިމުވަމުންނެވެ. މީގެ ތެރޭގައި ކިޔުބާގެ ވެރިރަށް ކަމުގައިވާ ހަވާނާ ނުވަތަ އޭރުގެ ނަމުން ނަމަ ސެން ކްރިސްޓޯބަލް ދެ ލަ ހަބާނާ ހިމެނުނެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ކިޔުބާގެ އާބާދީގެ 65.05% މީހުންނަކީ ވިލާތުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. 10.08% މީހުންނަކީ އެފްރިކަން ނަސްލަށް ނިސްބަތްވާ މީހުންނެވެ. 23.84% މީހުންނަކީ މުލައްޓޯ އިންނާއި މެސްޓިޒޯއިންނެވެ. މިއީ އެފްރިކާ މީހުންނާއި ނޭޓިވް އެމެރިކަނުންގެ މަސްހުނި ވެފައިވާ ނަސްލުތަކާއި ޔޫރަޕު މީހުންނާއި ނޭޓިވް އެމެރިކަނުންގެ މަސްހުނި ވެފައިވާ ނަސްލުތަކުގެ މީހުންނެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ކިޔުބާގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވާފައިވަނީ ސްޕޭނު މީހުންގެ ސަގާފަތުންނާއި އެފްރިކާގެ ޤައުމުތަކުގެ މީހުންގެ ސަގާފަތްތަކުންނެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ކިޔުބާއަކީ ކޮމިއުނިސްޓް ދައުލަތެއް ކަމުން ކިޔުބާގެ އިޤްތިޞާދުގެ ބޮޑު ބައި ކޮންޓްރޯލް ކުރަނީ ސަރުކާރުންނެވެ. އެހެން ނަމަވެސް ޕްރައިވެޓް ސެކްޓަރގެ ދައުރު އަންނަނީ މިހާރު ފުޅާ ވަމުންނެވެ. މިހާރު އެ ޤައުމުގެ ވަޒީފާތައް ހުރި ގޮތަށް ބަލާއިރުގައި 78% ވަޒީފާއަކީ ދައުލަތުގެ ވަޒީފާތަކެވެ. 22% ވަޒީފާތަކަކީ ޕްރައިވެޓް ވަޒީފާތަކެވެ. 1981 ވަނަ އަހަރާ ހިސާބުގައި ދައުލަތުގެ ވަޒީފާގެ ނިސްބަތް ހުރީ 91% ގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 9500 ޑޮލަރެވެ.
- ↑ "Cuban Peso Bills". Central Bank of Cuba. Archived from the original on 1236468741. Retrieved 2009-09-07.
{{cite web}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "National symbols". Government of Cuba. Archived from the original on 2016-01-15. Retrieved 2009-09-07.
- ↑ "Census of population and homes" (in Spanish). Government of Cuba. 16 September 2002. Retrieved 2009-09-07.
- ↑ "The Constitution of the Republic of Cuba". National Assembly of People's Power. Retrieved 2007-01-29.
- ↑ 5.0 5.1 5.2 "Cuba". The World Factbook. CIA. Archived from the original on 1319436711. Retrieved 2009-04-06.
{{cite web}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Human Development Report 2009: Cuba". United Nations Development Programme. 2007/2008. Retrieved 2009-=10-09.
{{cite web}}
: Check date values in:|accessdate=
and|year=
(help) - ↑ From 1993 to 2004 the United States dollar was used alongside the peso until the dollar was replaced by the convertible peso
- Country articles requiring maintenance
- Pages using infobox country with unknown parameters
- Pages using infobox country or infobox former country with the symbol caption or type parameters
- Pages using the JsonConfig extension
- CS1 errors: unsupported parameter
- CS1 errors: dates
- CS1 Spanish-language sources (es)