Jump to content

ލީބިޔާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Islamic Republic Libya
الجماهيرية العربية الليبية الشعبية الإشتراكية العظمى
Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā   ފަންވަތް:Ar icon
Flag of Libya
Flag
Coat of arms of Libya
Coat of arms
ގައުމީ ސަލާމް: Allahu Akbar
God is the Greatest
Location of Libya
ވެރިރަށް
and largest city
Tripoli
ރަސްމީ ބަސްތައްArabic1
ޑިމޮނިމްLibyan
ސަރުކާރުJamahiriya
Muammar al-Gaddafi
Mohamed Abdul Quasim al-Zwai
Baghdadi Mahmudi
• Relinquished by Italy
10 February 1947

24 December 1951
ސަރަޙައްދު
• Total
1,759,541 km2 (679,363 sq mi) (17th)
• Water (%)
negligible
އާބާދީ
• 2009 estimate
6,420,000[1] (105th)
• 2006 census
5,670,6881
• Density
3.6/km2 (9.3/sq mi) (218th)
ޖީޑީޕީ (ޕީޕީޕީ)2009 estimate
• ޖުމްލަ
$91.078 billion[2] (68th)
• ބޮލަކަށް ޖެހެނީ
$14,381[2] (53rd)
ޖީޑީޕީ (nominal)2009 estimate
• ޖުމްލަ
$60.609 billion[2] (59th)
• ބޮލަކަށް ޖެހެނީ
$9,570[2] (52nd)
އެޗްޑީއައި (2007)0.847[3]
Error: Invalid HDI value (55th)
ފައިސާDinar (LYD)
ޓައިމް ޒޯންޔޫޓީސީ+2 (EET)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް218
އައިއެސްއޯ 3166 ކޯޑްLY
އިންޓަރނެޓް ޓީއެލްޑީ.ly
  1. Arabic (de jure), Libyan Arabic (de facto)

ލީބިޔާއަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ލީބިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ލީބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަރާބުލްސްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ޖަމާހިރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 102 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.76 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ly. އެވެ. ކޯލިން ކޯޑަކީ +218 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ދީނާރެވެ.

ލީބިޔާގެ ރަސްމީ ނަމަކީ ގްރޭޓް ސޯޝަލިސްޓް ޕީޕަލްސް ލީބިޔަން އަރަބް ޖަމާހިރިއްޔާއެވެ. ޢަރަބި ބަހުން ކިޔަނީ އަލްޖަމާހިރިއްޔާ އަލްޢަރަބިއްޔާ އައްލީބިއްޔާ އައްޝަޢްބިއްޔާ އަލްއިޝްތިރާކިއްޔާ އަލްޢުޡްމާއެވެ.

ލީބިޔާގެ އުތުރުގައި އޮތީ މެދުތެރޭ ކަނޑެވެ. ލީބިޔާގެ އިރުމަތީގައި އޮތީ މިޞްރެވެ. އިރުދެކުނުގައި އޮތީ ސޫދާނެވެ. ދެކުނުގައި އޮތީ ޝާދާއި ނީޖަރެވެ. ހުޅަނގުގައި އޮތީ އަލްޖަޒާއިރާއި ތޫނިހެވެ.

އާސާރީ ގޮތުން ހެކި ލިބޭ ގޮތުގައި ޢީސާއީ މީލާދުގެ 8000 އަހަރު ކުރީން ވެސް ލީބިޔާގައި މީހުން ދިރިއުޅުނެވެ. ލީބިޔާގައި ދިރިއުޅުނު އެންމެ ބޯދާ އެއް ދަރިކޮޅަކީ ބަރްބަރީންނެވެ. މި މީހުންނަކީ ގެރިބަކަރި ގެންގުޅުމާއި ދަނޑުވެރިކަން ކުރުމުގެ ހުނަރު ލިބިފައި ތިބި ބައެކެވެ. އޭގެ ފަހުން ފީނީޤީންނާއި ކަރްތަގީނިއަނުންނާއި ޔޫނާނީންނާއި ފާރިސީންނާއި ރޫމީންނާއި ޢަރަބީންނާއި ތުރުކީންގެ އިތުރުން އިރުމަތީ ރޫމީން ވެސް ލީބިޔާގައި ވެރިކަން ހިންގާފައިވެއެވެ. ރޫމީންނާއި ޔޫނާނީންގެ ބައެއް އާސާރީ ތަންތަން ފެންނަން ހުރި ކަމުގައި ވިޔަސް މި ޙަޟާރަތްތަކުގެ މާ ބޮޑު އަސަރެއް މިއަދުގެ ލީބިޔާއަކުން ފެންނާކަށެއް ނެތެވެ. ލީބިޔާގައި އެންމެ ފުރަތަމައަށް ވިޔަފާރީގެ މަރުކަޒުތަކެއް ހަދާފައިވަނީ ފީނީޤީންނެވެ. ޔޫނާނީންގެ ބާރުގެ ދަށުގައި އޮތީ އިރުމަތީ ލީބިޔާއެވެ. މުސްލިމުން ލީބިޔާ ފަތަޙަކޮށްފައިވަނީ މީލާދީން 644 ވަނަ އަހަރުގައެވެ. މި ފަތަޙަ ފުރިހަމަ ވެފައިވަނީ މީލާދީން 655 ވަނަ އަހަރުގައެވެ. ދެން މި ސަރަޙައްދުވެގެން ދިޔައީ އުމަވީ ޚިލާފަތުގެ ދަށުގައި އޮތް ތަނަކަށެވެ. މީލާދީން 1912 ވަނަ އަހަރުން 1927 ވަނަ އަހަރަށް ލީބިޔާ އޮތީ އިޓާލިޔަން ނޯ^ް އެފްރިކާގެ ގޮތުގައެވެ. ލީބިޔާއަށް ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 24 ޑިސެންބަރު 1951 ގައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ލީބިޔާގެ ބިމާ އަޅާ ބަލާއިރުގައި ލީބިޔާގެ އާބާދީއަކީ ވަރަށް ކުޑަ އާބާދީއެކެވެ. އެހެނީ ލީބިޔާއަކީ ބިމުގެ ގޮތުން ބަލާއިރުގައި މުޅި ދުނިޔޭގައި ވެސް 17 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. ލީބިޔާގެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޤަބަލީ އަދި ޞަޙަރާއަށް ނިސްބަތްވާ ޢަރަބި ބަދަވީންނެވެ. ލީބިޔާގެ އާބާދީގެ 80% މީހުންގެ މާދަރީ ބަހަކީ ޢަރަބި ބަހެވެ. ލީބިޔާގެ އާބާދީގެ 97% މީހުންނަކީ މުސްލިމުންނެވެ. އާބާދީގެ 2% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 1% މީހުންނަކީ އެހެން ދީންތަކަށް ތަބާވާ މީހުންނެވެ.

ލީބިޔާގެ ސަގާފަތަކީ މަޣުރިބުގައި ހިމެނޭ އަވަށްޓެރި ޤައުމުތަކުގެ ސަގާފަތްތަކާ ވަރަށް އެއްގޮތްކަން ބޮޑު ސަގާފަތެކެވެ. ލީބިޔާ މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަކީ ޢަރަބީންގެ ބިޔަ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ބައެކެވެ. މިކަން ދެމެހެއްޓުމުގެ ގޮތުން އެމީހުން ވަނީ ބަރްބަރީ ބަސް ބޭނުންކުރުމާއި އެ ބަހުން ކިޔަވައި ދިނުން ވެސް މުޅީން މަނާކޮށްފައެވެ. އަދި ލީބިޔާގެ ހަމައެކަނި ރަސްމީ ބަހަކީ ވެސް ޢަރަބި ބަހެވެ. ލީބިޔާއަކީ މިއުޒިކުގެ ގޮތުން ވެސް ވަރަށް މުއްސަނދި ސަގާފަތެއް ލިބިފައިވާ ޤައުމެކެވެ.

ލީބިޔާގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެ ޤައުމުން ނެގޭ ތެލުގެ މައްޗަށެވެ. ވޯލްޑް ބޭންކުން ސިފަކުރާ ގޮތުގައި ލީބިޔާގެ އިޤްތިޞާދަކީ “އަޕަރ މިޑްލް އިންކަމް އިކޮނޮމީ” އެކެވެ. މީލާދީން 80 ގެ ކުރީކޮޅުގައި ލީބިޔާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގެ އިޤްތިޞާދު އަޑިއަޅާލީ އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 14381 ޑޮލަރެވެ.

  1. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  2. 2.0 2.1 2.2 2.3 "Libya". International Monetary Fund. Retrieved 2009-10-01.
  3. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-10.